ގައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބެހެއްޓުމަށް ނިންމަވައިފި

ޚަބަރު ފަހުގެ

ސަރުކާރުގެ މުއައްސަސާތަކުގައި މިއަދުން ފެށިގެން ދިވެހި ގައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބަހައްޓާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

ދިވެހި ގައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބެހެއްޓުމާ ބެހޭގޮތުން ރައީސް މުއިއްޒު ދިވެހި ޒައާމަތާ ހަވާލުވެވަޑައިގެން ގައުމާ މުހާތަބު ކުރައްވައި ދެއްވި ފުރަތަމަ ތަގުރީރުގައިވެސް އިޝާރާތް ކުރެއްވި އެވެ.

އިޝްތިހާރު
އިޝްތިހާރު

އެމަނިކުފާނު ވިދާޅުވި ގޮތުގައި ފަހުރުވެރި ދިވެހި ދިދައަކީ ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި އިއްޒަތާއެކު ވިހުރި ވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާނެވެ.

“އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަޚުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ތިބާހުރި ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން!” ރައީސުލްޖުމްހޫރިއްޔާގެ އިފްތިތާހީ ތަޤްރީރުގައި ވިދަޅުވިއެވެ.

މި ނިމެވުމާއި އެއްގޮތަށް، ސަރުކާރުގެ މުޢައްސަސާތަކުގައި ވަކި ވަގުތަކަށް މިހާރު ނަގަމުންދާ ޤައުމީ ދިދަ، ތިރިކުރުމެއް ނެތި ދެން 24ގަޑިއިރު ނަގާފައި ބަހައްޓާނެއެވެ. މިހާތަނަށް ދިދަ ނަގަމުން އަންނަނި ހެނދުނު 06:00އިން އިރުއޮއްސި 06:00އަށެވެ.

ޤައުމީ ދިދަ 24 ގަޑިއިރު ނަގާފައި ބަހައްޓަވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު، މި ސަރުކާރުން ޤައުމިއްޔަތު ދިރުވާއި އާލާކުރަން ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިގޮތުން ޤައުމިއްޔަތު ކުރިއެރުވުމަށް ވަނީ ޚާއްޞަ ވުޒާރާއެއްވެސް އުފައްދަވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ