ކީ ސްޓޭޖް 2 އިންޓަރ ހައުސް ހޭނޑް ބޯޅައިގެ ޗެމްޕިއަންކަން ޣާޒީ ހައުސް ހޯދައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ސްކޫލް ކީ ސްޓޭޖް 2 އިންޓަރ ހައުސް ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޣާޒީ ހައުސް ހޯދައިފިއެވެ.

ޣާޒީ ހައުސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، މުބާރާތުގެ ފައިނަލްގައި އިއްޔެ ހަވީރު ދޮށިމޭނާ ހައުސް އާއި ވާދަކޮށް 6-2 ނަތީޖާއަކުން މެޗް ކާމިޔާބު ކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އައިޝަތު ރާޔާ ބިންތު ހުސެއިންއެވެ.

އިޝްތިހާރު
އިޝްތިހާރު

ފައިނަލް މެޗަށް ފަހު، މުބާރާތުގައި އެކިއެކި ހައުސް ތަކުގެ ކޯޗުކަން ކޮށްދެއްވި ފަރާތްތަކާއި މުބާރާތުގެ ރެފްރީކަން ކޮށްދެއްވި ފަރާތްތަކަށް އަދި މުބާރާތުގެ އެކިއެކި ވަނަވަނައަށް ދިޔަ ކުޅުން ތެރިންނަށް ވަނީ ތަށްޓާއި މެޑަލް އަދި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. މިގޮތުން މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނާއި އަދި ފެއާރޕްލޭ ކުޅުންތެރިން ވަނީ ހޮވާފައެވެ.

މި މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވުނު ކުޅުންތެރިންނަކީ:
– އައިޝަތު ނޯޔާ ބިންތް މުޙައްމަދު ޝާޙް (ޣާޒީ ހައުސް)
– އާއިޝަތު ރާޔާ ބިންތު ޙުސައިން (ޣާޒީ ހައުސް)
– ފާތިމަތު ނީޝާ ބިންތު ނަޖާޙު (ޣާޒީ ހައުސް)
– ފާތިމަތު ހީރާ (ދޮށިމޭނާ ހައުސް)
– ފާތިމަތު އީނާ (ދޮށިމޭނާ ހައުސް)
– މަރްޔަމް ނަބާހާ (ހުރަވީ ހައުސް)
– އިނާން އަބްދުﷲ (ފާށަނާ ހައުސް)

މި މުބާރާތުގެ ފެއާރޕްލޭ ކުޅުން ތެރިއަކަށް ހޮވުނީ ޣާޒީ ހައުސްގެ ފާޠިމަތު އަމަތުﷲ އެވެ.

ފާޠިމަތު އަމަތުﷲ

މި ކީސްޓޭޖްގެ ފިރިހެން ދަރިވަރުންގެ ފުޓްސަލް މުބާރާތް މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން މާދަމާ ހަވީރު ފުރަތަމަ މެޗްގައި 3:45 ގައި ހުރަވީ ހައުސް އަދި ޣާޒީ ހައުސް ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ދެވަނަ މެޗުގައި 4:40 ގައި ބައްދަލުކުރާނީ ފާށަނާ ހައުސް އަދި ދޮށިމޭނާ ހައުސް އެވެ. މި މުބާރާތުގެ މެޗްތައްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ބޯޅަ ދަނޑުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ