2023 ވަނަ އަހަރަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްފި

ޚަބަރު ފަހުގެ

2023 ވަނަ އަހަރަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހުގެ ކޮމިޓީން ފާސްކުރި ގޮތަށް ބަދަލެއް ނުގެނެސް، ފާސްކޮށްފިއެވެ.

ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރީ 57 މެންބަރުންގެ ވޯޓާއި އެކުގައެވެ. ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް 10 މެންބަރުން ވޯޓުދެއްވިއެވެ. ސަޕްލިމެންޓްރީ ބަޖެޓަށް ދަ ޑިމޮކްރެޓްސްގެ މެންބަރުން ވޯޓެއް ނުދެއްވައެވެ.

އިޝްތިހާރު
އިޝްތިހާރު

ފިނޭންސް މިނިސްޓްރީން ހުށަހެޅީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމަށެވެ. ސަޕްލިމެންޓްރީ ބަޖެޓުގެ ބޮޑު ބައެއް ހިއްސާކުރަނީ ރިކަރަންޓް ޚަރަދުތަކެވެ. އެގޮތުން ރިކަރަންޓު ޚަރަދަށް 3.1 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދަށް 3.3 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓްގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ސަބްސިޑީތަކަށް 1.8 ބިލިއަން ރުފިޔާ ދިނުމަށާއި އާސަންދައަށް 1.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެެވެ.

މިއަހަރުގެ ބާކީ ދުވަސްތަކުގެ ހަރަދުތައް ހަމަޖެއްސުމަށް ޓަކައި ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓާ އެކު ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 49.3 ބިލިއަން ރުފިޔާއަށް އަރައެވެ. ދައުލަތުގެ މިއަހަރުގެ ބަޖެޓަކީ 42.8 ބިލިއަން ރުފިޔާއެވެ

ސަޕްލިމެންޓްރީ ބަޖެޓް މިއަދު ފާސްކޮށްފައިވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވި 200 މިލިއަން ރުފިޔާ ވެސް ހިމެނޭގޮތަށެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ