ސަރުކާރުގެ ކުންފުނިތައް އެމްޑީޕީން ބޭނުން ކުރަނީ ރައްޔިތުން ކަސްތަޅު އަަޅަން! ނަޝީދު

ސިޔާސީ ފަހުގެ

ސަރުކާރު ކުންފުނިތައް އެމްޑީޕީން ބޭނުން ކުރަނީ ރައިތުން ކަސްތަޅު އަޅުވަން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ އިލިޔާސް ލަބީބުގެ ރިޔާސީ އިންތިހާބުގެ ކެންޕޭނަށް ހދ. ނޮޅިވަރަމަށް ގޮސް އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލުސާގައި ވާހަކަ ދައްކަވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިއިން ރަށަކަށް ކޮންދޭން ވީ ކަންކަން ކޮށްނުދީ ރަށުގެ ޒުވާނުން އަނގަ ބަންދުކުރުމަށް ފެނަކައިން ވަޒީފާ ދީފަ އެޒުވާނުން އެތިބެނީ ވަޒީފާގެ ބިރުދައްކާ އަނގަ ބަންދު ކޮށްފައި ކަމަށް ނަޝީދު ވިދާޅުވިއެވެ. ވަޒީފާގެ ބިރަށް އެ މަނިކުފާނުގެ ކުޑައިރުގެ ރައްޓެހިންވެސް އެތިބެނީ އެ މަނިކުފާނާ ބައްދަލު ކުރަން ބިރުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހުއަށް ރައްޔިތުންގެ ތާއީދު ނެތްކަމަށާ އެހެންކަމުން އެ މަނިކުފާނަށް ރަށްރަށަށް އަރަން ޖެހެނީ މުޅި އެސްއޯ ފުލުން ގޮވައިގެން ކަމަވެސް ނަޝީދު ވިދާޅުވިއެވެ. އަދި ރައީސް ސޯލިހަށް ލިބޭނީ %15 ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ