ޕީއެންސީ ހިންގުމަށް ވަކި އޮފީހެއް ހުޅުވައިފި

ފަހުގެ ސިޔާސީ

ޕީޕީއެމް/ ޕީއެންސީ ލީޑާޝިޕްގެ އެތެރޭގައި މައްސަލަތަކެއްޖެހި ހިޔަލުތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް އަޑުފެތުރިފައި ވަނިކޮށް ޕީއެންސީ އަށް މެމްބަރުން އިތުރު ކުރުމަށް ވަކި އޮފީހެއް ހުޅުވައިފި އެވެ.

މީގެ ކުރިން ޕީއެންސީ ހިންގަމުން ދިޔައީ ހ. ހުރަފާ ގައި ހުންނަ ޕީޕީއެމް އޮފީހުގަ އެވެ. އެހެން ނަމަވެސް މިހާރު ވަނީ ޕީއެންސީ ހިންގުމަށް ވަކި އޮފީހެއް ގާއިމްކޮށްފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

މެމްބަރުން އިތުރުކުރުމުގެ މަސައްކަތަށް އެ ޕާޓީގެ ވަގުތީ އޮފީހެއް ހުޅުވީ ކާނިވަލުގައި ހުންނަ ދޮންމަނިކު ސްކައިވިއު ރެސްޓޯރެންޓުގެ އިމާރާތުގެ ތިރީގަ އެވެ. އެތަނަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކެމްޕެއިން ހަރަކާތްތައް ހިންގަން ޖަގަހައެއްގެ ގޮތުގައި ވެސް ބޭނުންކުރި ތަނެކެވެ. އެ އޮފީހުގެ ބޭރުގައި ޕީއެންސީގެ ނަން ބޯޑު ވެސް މިހާރު ވަނީ ޖަހައިފަ އެވެ.

ޖެނުއަރީ 9، 2019 ގައި އުފެއްދި ޕީއެންސީގައި 3،000 އަށް ވުރެ ގިނަ މެމްބަރުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ