ޔޫއޭއީއާއެކު އޮންނަ ގުޅުން އައު އުސްމިންތަކަކަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ޚަބަރު ފަހުގެ

ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮންނަ ގުޅުން އައު އުސްމިންތަކަކަށް ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޔޫއޭއީގެ 52ވަނަ ޔޫނިއަން ޑޭ ފާހަގަކުރުމުގެ ގޮތުން ހޮޓެލް ޖެންގައި މިރޭ ބޭއްވެވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުގައި މިވޭތުވެދިޔަ މުއްދަތުގައި ހޯދާފައިވާ ކާމިޔާބީއާއި ކުރިއެރުމަށް ތަޢުރީފްކުރެއްވިއެވެ. އަދި ޔޫއޭއީއަކީ ގިނަބައެއްގެ މަޤްބޫލްކަން ހޯދާފައިވާ ޤައުމެއް ކަމަށް ވިދާޅުވެ ގިނައަދަދެއްގެ ދިވެހިން މަތީ ތަޢުލީމް ހާސިލްކުރުމަށާއި އެހެނިހެން ބޭނުންތަކަށް އެޤައުމުގައި އުޅެމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިއަހަރަކީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 45 އަަހަރު ފުރޭ އަހަރުކަން ފާހަގަ ކުރައްވައި މިމުއްދަތުގައި ދެޤައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެހިގެން ދިއުމަކީ ދެޤައުމުގެ ގުޅުން ހާމަވެގެން ދިޔަ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޑރ،މުހައްމަދު މުއިއްޒުގެ ވާހަކަފުޅުގައިވަނީ އެމަނިކުފާނުގެ ސަރުކާރުގައި މިގުޅުން އައު ހަރުފަތަކަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިމަހުގެ ފަހުކޮޅު ޔޫއޭއީގައި ބާއްވާ ކޮޕް ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނެކަންވަނީ ހާމަކުރައްވާފައެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ޔޫއޭއީގައި ބާއްވާ ކޮޕް-28 ސަމީޓަކީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ވަރަށް މުހިންމު ސަމިޓެއް ކަމަށެވެ. އަދި ތިމާވެށީގެ ގޮތުން ނާޒުކު މިދަނޑިވަޅުގައި މިސަމިޓްގައިގައި ލޮސްޓް އެންޑް ޑެމޭޖް ފަންޑް އަމަލީގޮތުން ފެށުމަށް ބާރު އެޅުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮޕް-28 ސަމިޓަކީ ކާމިޔާބު ސަމިޓަކަށް ހެދުމަށް ރާއްޖެއިން ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާ އެއްބާރުލެއްވުމެއް ދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މިހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ނައިބު ރައީސް އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފާ ސަރުކާރގެ އެކި ވުޒާރާތަކުގެ ވަޒީރުންނާއި އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ