ރާއްޖެ އެތެރެކުރަން އުޅުނު 15 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި

ޚަބަރު ފަހުގެ

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 15 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ، އިއްޔަ މެންދުރުފަހު ރާއްޖެއައި 31 އަހަރުގެ ބްރެޒިން އަންހެނެއްގެ އަމަލުތައް ހުރިގޮތުން އެމީހާއާއި މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސްއިން ބަލައި ފާސްކޮށްފައިވާކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެގޮތަށް ބެލުމުގެތެރެއިން ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަށާއި އެތަކެތި ޓެސްޓް ކުރިއިރު ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. މި ތަކެތީގެ ބަރުދަނުގައި 3.197 ކިލޯގްރާމް ހުރި ކަމަށާއި، މިތަކެތީގެ މަގުމަތީ އަގު 15،985،000.00 ރުފިޔާއަށް އަރާކަމަށެވެ.

މި މައްސަލައިގައި ހިމެނޭ މީހާއާއި އަތުލައިގަނެފައިވާ މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލު ކޮށްފައިވާކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ