ޕީސީބީގެ ބޯޑުގެ ރައީސްކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި

ޚަބަރު ފަހުގެ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

އެ މަގާމަށް ރައީސް އައްޔަން ކުރެއްވީ ޙަމްދީ ޢަޤީލް އެވެ.

އިޝްތިހާރު
އިޝްތިހާރު

ޙަމްދީ އަކީ އޮސްޓްރޭލިއާގެ ކަރޓިން ޔުނިވާސިޓީއިން މާސްޓަރ އޮފް ކޮމަާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ހަމްދީ މީގެ ކުރިން ވަނީ ފިއުލް ސަޕްލައި މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާއި، މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު އަދާކޮށްފަ އެވެ.

ޕީސީބީގެ މެމްބަރު ކަމަށް ރައީސް މިއަދު ވަނީ ތިން މެމްބަރަކު ވެސް އައްޔަންކުރައްވާފަ އެވެ. އެއީ އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާ އިން އަހުމަދު މުޝްތާގު އާއި ބޭންކިން ދާއިރާ އިން ލީނާ އަބްދުލްޖަލީލް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މޫސާ ފަތުހީ އާދަމް އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ