ފުރުމުގެ 3 ގަޑިއިރު ކުރިން ޗެކިންވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އެދިއްޖެއެވެ.
އެމްއޭސީއެލް އިން މިގޮތަށް އެދިފައިވަނީ މިއީ ފަތުރުވެރިކަމުގެ ޕީކް ސީޒަނަށްވެފައި އެއަރޕޯޓު ބާރުބޮޑުވާނެތީއެވެ.
އެމްއޭސީއެލްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއީ ޗުއްޓީ ދުވަސްވަރަށް ވުމުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދިގު ކިއުތަކާއި ޑިލޭތައް މަދުކުރުމަށް ފުރާ ފަރާތްތަކުން ފުރުމުގެ 3 ގަޑި އިރު ކުރިން ޗެކިން ވުމަށް އެދޭ ކަމަށެވެ.
އަދި އޮޕަރޭޝަން ވީހާވެސް ފަސޭހައިން ކުރިއަށް ގެންދިއުމަށްޓަކައި ފުރާ ފަރާތްތަކުން، ޗެކިންވުމުގެ ކުރިން އިމުގާ ފޯމް ފުރިހަމަކުރިމަށް ވެސް ވަނީ އެދިފައެވެ.



