މަޖިިލިހުގެ ނައިބް ރައީސް ކަމަށް ސަލީމް އިންތިހާބުކޮށްފި

ފަހުގެ ސިޔާސީ

މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް، ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމު އިންތިޚާބު ކުރައްވައިފި އެވެ.

އާދިއްތަ ދުވަހުގެ ރޭ މަޖިލީހުގައި ބޭއްވި ޚާއްޞަ ޖަލްސާގައި، ހުސްވެފައިވާ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމަށް ސަލީމް އައްޔަނުކުރެއްވީ އެ ވޯޓުގައި ބައިވެރިވި 74 މެންބަރުންގެ ތެރެއިން 51 މެންބަރުންގެ ވޯޓުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ސަލީމް އާ އެ ވޯޓުގައި ވާދަ ކުރެއްވީ ކާށިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުﷲ ޖާބިރު އެވެ. ޖާބިރަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމް ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ގަލޮޅު އުތުރު ދާއިރގެ މެންބަރު އީވާ އަބްދުﷲ އިސްތިއުފާ ދެއްވުމުންނެވެ. އީވާ އިސްތިއުފާދެއްވީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ދެވަނަ މައްސަލައެއް މަޖިލީހަށް ހުށަހަޅައި، އެ މައްސަލައިގައި ޖަވާބުދާރީ ވުމަށް ބޭއްވި ޖަލްސާގައި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ