ހަނިމާދޫ ޑަބްލިޔު.ޑީ.ސީގެ އިސްނެގުމާއިއެކު ބައިނަލް އަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކޮށްފި

ހަނިމާދޫ ފަހުގެ

ހަނިމާދޫ ޑަބްލިޔު.ޑީ.ސީގެ އިސްނެގުމާއެކު ބައިނަލް އަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކޮށްފިއެވެ.

މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަނިމާދޫ ދެކުނު ފަރާތުގައި ގާއިމު ކޮށްފައިވާ ބާބަކިއު ސަރަހައްދުގައި މިއަދު ވަނީ ހަވީރެއް ކުރިއަށް ގެންގޮސްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިހަވީރު ހިންގުމުގައި ހަނިމާދޫ ޑަބްލިޔު.ޑީ.ސީ އާއިއެކު ހަނިމާދޫ ފުލުހުންގެ އިދާރާ، ހަނިމާދޫ ސިއްހީ މަރުކަޒު އަދި ކައުންސިލުން ވަނީ ބައިވެރިވެފައެވެ.

މި ހަވީރުގައި ވަނީ ދުވަހާއި ގުޅުވާ ކޭކު ފެޅުމުގެ ހަރަކާތަކާއި ހަދިޔާ ބަދަލު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ޝިއާރަކީ ” United in action to rescue and achieve the SDGs for, with and by persons with disabilities.” ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަނޑައެޅިފައިވާ “ސްޓޭންޑަރޑް ޑިވެލޮޕްމަންޓް ގޯލްސް” (މިންގަޑުތަކެއްގެ މައްޗަށް އެކަށައެޅިފައިވާ ލަނޑުދަނޑިތައް) ހާސިލް ކުރުމަށްޓަކައި އެންމެން އެކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއިއެކު މަސައްކަތް ކުރުމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ