ވައްޑޭ މަޖިލީހަށް ނުކުންނަކަމަށް ބުނެ ހަނިމާދޫ އެމްޑީޕީ ޕޭޖުން ފަތުރަނީ ފިތުނަވެރި ހަބަރެއް!

ފަހުގެ ސިޔާސީ

ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހިދު (ވައްޑޭ) ޕީއެންއެފް އިން ހަނިމާދޫ ދާއިރާއަށް މަޖިލީހަށް ނުކުންނަކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަ ތަކެއްކަން ގޮށްކޮޅަށް ކަށަވަރު ކުރެވިއްޖެއެވެ.

އެމްޑީޕީ ހަނިމާދޫ ނަމުގައި ފޭސްބުކުގައި ހިންގަމުން އަންނަ ޕޭޖަކުން ރޭގެ ވަގުތެއްގައި ވައްޑޭގެ ފޮޓޯ އާއެކު އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ” ރައީސް ޔާމިނު އުފެއްދެވި ޕާޓީން ހަނިމާދޫ ދާއިރާއަށް މަޖިލީސް މެންބަރަކަށް ނިކުންނަން ނިންމައިފި
ފުރިހަމަ ކާމިޔާބީއަށް އެދެން އެކުވެރި ވަހީދުއަކީ ޔާމިނަށް ވަފާތެރި ބޭފުޅެއް #ދުއްލިސާ ” މިފަދައިނެވެ.

އިޝްތިހާރު
އިޝްތިހާރު

މިކަމާ ގުޅިގެން ގޮށްކޮޅަށް މައުލޫމަތު ހިއްސާކުރަމުން ވައްޑޭ ވިދާޅުވީ އެނާ ހުންނެވީ ޕީއެންސީގައި ސާބިތު ކަމާއެކުގައި ކަމަށާއި މަޖިލީހަށް ކުރިމަތި ލާން ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ.

“އަޅުގަނޑު ފޮޓޯ އާއެކު އެފަތުރަނީ ދޮގު ފިތުނަވެރި ހަބަރެއް، މިހުރީ ޕީއެންސީ މެންބަރެއްގެ ގޮތުގައި ސާބިތުކޮށް، މަޖިލީހަށް ކުރިމަތިލާން ނުވިސްނަން، ނަމަވެސް ހަނިމާދޫ ދާއިރާގެ މަޖިލީސް ޕްރައިމަރީގައި ވާދަކުރާ އިދުރީސް އަބުދުﷲ އާއެކު މަސައްކަތް ކުރާނެކަމަށް ބުނެފައިވާނެ” ވައްޑޭ

ފަރުދާވެގެންތިބެ ވިޔަސް ފަތުރަން ވާނީ ތެދު މައުލޫމާތު ކަމަށާ ނޫނީ މުޖުތަމައު ފަސާދަވެ ބައިބާވެދާނެ ކަމަށާއި މީހުންނޭ ކިޔާ ވާހަކަތަށް ހިއްސާކުރަން ވާނީ އެފަރާތުގެ ބަސް ހޯދައިގެން ކަމަށްވެސް ވައްޑޭ ވިދާޅުވިއެވެ.

އެމްޑީޕީ ހަނިމާދޫ ފޭސްބުކް ޕޭޖުން މިއަހަރުގެ ރިޔާސީ އިންތިހާބަށް ފަހު ސާބިތު ނުހިފޭ އެތަކެއް ވާހަކަތަށް ފަތުރަމުން ދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ