ހަނިމާދޫ ކައުންސިލްގެ ޤުރުއާން ކުލާސް ހިންގުމަށް އާމިނަތު ހުސައިން އާއިއެކު އެގްރިމެންޓްގައި ސޮއިކޮށްފި

ހަނިމާދޫ ފަހުގެ

ހަނިމާދޫ ކައުންސިލްގެ ޤުރުއާން ކުލާސް ހިންގުމަށް ހދ.ނޮޅިވަރަން، ގުލަހަޒާރުގެ، އާމިނަތު ހުސައިން އާއިއެކު އެގްރިމެންޓްގައި ސޮއިކޮށްފިއެވެ.

552،000 (ފަސްލައްކަ ފަންސާސް ދެހާސް) ރުފިޔާ ހަރަދުކޮށްގެން ދެއަހަރު ދުވަހަށް ހިންގާ މި ޤުރުވާން ކުލާހުގެ އެއްބަސް ވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރީ ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުލް ސައްތާރު ހަސަން އެވެ. އަދި ކުލާސް ހިންގުމާއި ހަވާލުވެ ސޮއި ކުރެއްވީ އާމިނަތު ހުސައިންއެވެ.

އިޝްތިހާރު
އިޝްތިހާރު

91 ދަރިވަރުންނާއިއެކު ފެށޭ ހަފުތާގައި ފެށުމަށް ހަމަ ޖެހިފައިވާ މިކުލާހުގެ މަގުސަދަކީ ހަނިމާދޫ ސުކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ޤުރުޢާނުގެ ޢިލްމު ކުރިއަރުވައި އެކުދިންގެ ހިތްތަކުގައި ޤުރުޢާނަށް ލޯބި އިތުރުކުރުންކަމަށް ހަނިމާދޫ ކައުންސިލުން މައުލޫމާތު ދެއްވައެވެ.

މި ކުލާހުގައި ބައިވެރިވާ ދަރިވަރުންގެ އަތުން މަހަކު 200 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ހަނިމާދޫ ކައުންސިލުން މައުލޫމާތު ދެއްވައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ