ކައުންސިލްތަކުގެ އިޙްތިސާސް 700 މީޓަރާއި ހަމައަށް ބޮޑުކުރަން ނިންމަވައިފި

ޚަބަރު ފަހުގެ

700 މީޓަރާއި ހަމައަށް ކައުންސިލްތަކުގެ އިޙްތިސާސް ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ. މިގޮތަށް ނިންމަވާފައިވާކަން ހާމަކުރައްވާފައިވަނީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މިގޮތަށް ނިންމެވީ މިއީ ލާމަރުކަޒީ އުސޫލުގެ ދަށުން ރަށް ރަށަށް ލިބެންޖެހޭ ފައިދާ މިހާރަށްވުރެ އިތުރުކުރެއްވުމަށް ގެންގުޅުއްވާ ތަސައްވުރުގެ ދަށުންކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިގޮތުން ރަށްރަށުގެ ރާޅު ޖަހާ ހަމައިން ފެށިގެން 700 މީޓަރާއި ހަމައަށް ކައުންސިލްތަކުގެ އިޙްތިޞާސް ބޮޑުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤާނޫނީ ގޮތުން މިގޮތަށް މިހާރު އޮތްނަމަވެސް އެގޮތަށް ޢަމަލުނުކުރާކަމަށެވެ. އެގޮތަށް ދޫކޮށްފައިވާ ރަށްތަށް ހުރިނަމަވެސް އެރަށްރަށުންވެސް މަންފާ ނުހޯދިހުރިކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ. އަދި އިޙްތިޞާސްތެރޭގައި ނުހިމެނޭ އެހެންނަމަވެސް އެސަރަޙައްދުގައި ހުރި ރަށްތަކުން ކައިރި ރަށްރަށުގެ ރައްޔިތުންނަށް ޢާމްދަނީ ހޯދޭނެ ފަދަ ފުރުސަތުތައް އެބަހުރިކަމަށާއި އެކަންކަން ރައްޔިތުންނަށް ފަހިކޮށްދެއްވުމަކީ ވިސްނުމެއްކަމުގައި ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިކަންކަން ޙާސިލްކުރުމަށް އުސޫލެއް ކަނޑައަޅުއްވާ ވަކި ނިޒާމެއް ޤާއިމުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިމަސައްކަތް ކުރައްވާނީ ދެކަމަކަށް އިސްކަންދެއްވައިގެންކަމަށެވެ. އެއީ ސަރުކާރުގެ 20 އަހަރުގެ ތަރައްޤީގެ މާސްޓަރ ޕްލޭންއާއި އެލައިންވާގޮތަށް ހުރި މަޝްރޫޢުތައް ހިންގުމަށް ރަށްރަށުގެ އިޙްތިޞާސްގެ ތެރޭގައި އަދި އޭގެ ބޭރުގައި ހުރި ރަށްތަށްވެސް ދޫކުރުމާއި، މިރަށްތައް ދޫކުރުމުގައި އެއަތޮޅެއްގެ އެހެން ރަށްރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދައިގެން އެކަން ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ