ޒުވާނަކު ގެއްލިގެން ހޯދަނީ

ޚަބަރު ފަހުގެ

ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ނ. މިލަދޫ / ގުމުރީގެ، މުއްރަތު އަލީ (30އ) އެވެ. ފުލުހުން ވިދާޅުވީ، މުއްރަތު އަލީ އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ޑިސެމްބަރު 6 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މުއްރަތު އަލީ މަސައްކަތްކުރަނީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށާއި، އޭނާ އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ 3 ވަނަ ދުވަހު 17:00 އެހައިކަންހާއިރު އޭނާ މަސައްކަތް ކުރާ ކޮޅުވެއްޓީގައި ހުއްޓައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި އޭނާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހެއް ކަމަށްވެސް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މުއްރަތު އަލީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9833000 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ