ޕީޕީއެމް ޕީއެންސީގެ މަޖިލީސް ޕްރައިމަރީގައި ވާދަކުރުމަށް އިދުރީސް ފޯމު ހުށަައަޅުއްވައިފި

ހަނިމާދޫ ފަހުގެ

ޕީޕީއެމް ހަނިމާދޫ ދާއިރާގެ ރައީސްގެ މަގާމުގައި ހުންނެވި ހދ.ހަނިމާދޫ އިރުދޯދި އިދުރީސް ޢަބްދުﷲ ޕީޕީއެމް ޕީއެންސީގެ މަޖިލީސް ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށައަޅުއްވައިފިއެވެ.

ބުރާސްފަތި ދުވަހު އެމަނިކުފާން ފޯމު ހުށައެޅީ ޕީއެންސީި އޮފީހުގައެވެ. އެ މަނިކުފާނުގެ ފޯމާއި ހަވާލު ވެލެއްވީ ޕީއެންސީ ގެ ރެޖިސްޓްރާ މުހައްމަދު އަފޫ ހާމިދު އެވެ.

އިޝްތިހާރު
އިޝްތިހާރު

މިއީ އެމަނިކުފާނު މަޖިލީސް އިންތިހާބުގައި ވާދަކުރައްވާ ދެވަނަ ފަހަރެވެ. އެމަނިކުފާނު ވަނީ 19 ވަނަ މަޖިލީސް އިންތިހާބުގައި ވާދަ ކުރައްވާފައެވެ.

ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 11 ވާ ހޯމަ ދުވަހުގެ އިރުއޮއްސި 06:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެއެވެ.

ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ