ފުވައްމުލަކު ސިޓީގައި، ސައިކަލަކާއިއެކުގައި، މަގުމައްޗަށް ވެއްޓިފައި އޮތް ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ވިދާޅުވީ، ރޭ ދަންވަރު 3:40 ހާއިރު އެ ކުއްޖާ ފެނުނީ ފުވައްމުލަކު މާލެގަން ބަހާރު މަގާއި ގާޒީ މަގު ގުޅޭ ހިސާބުން ކަމަށެވެ. އަދި އެ ކުއްޖާ ފެނުނީ ފުލުހުން ޕެޓްރޯލް ކުރުމުގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ.
އުމުރުން 14 އަހަރުގެ އެ ކުއްޖާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ.
ފުލުހުން ވިދާޅުވީ، އެ މައްސަލަ ތަހުގީގު ބަލަމުން އަންނަ ކަމަށެވެ.