އޯލެވަލްއާއި އޭލެވަލް ނިންމާ ދަރިވަރުންނަށް އިމާމުވެ ޚުތުބާ ކިޔުމުގެ ހުއްދަ ދެނީ

ޚަބަރު ފަހުގެ

އޯލެވަލް އަދި އޭލެވަލް ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާކިޔުމުގެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ޒުވާން އިމާމުންނާއި ޚަތީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ގްރޭޑް 10 އަދި 11، 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ރީތިކޮށް ގުރުއާން ކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުތުބާކިޔުމުގެ ހުއްދަ ލިބޭނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

އިމާމުންގެ ބެލުމުގެ ދަށުން މިހާރުވެސް ބައެއް މިސްކިތްތަކުގައި ބައެއް ދަރިވަރުން އިމާމުވެ ނަމާދު ކުރެ އެވެ. ނަމަވެސް ހުކުރުކޮށް ޚުތުބާ ކިޔުމުގެ ފުރުސަތު ދެނީ ހުއްދަ އޮންނަ ބޭފުޅުންނަށް އެކަންޏެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ މާސްޓާސްއާ ހަމައަށް ކިޔަވާފައިވާ އިމާމުންނަށް ޕީއެޗްޑީއަށް ކިޔެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތްވެސް ފަށާފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ