ހަނިމާދޫ ކައުންސިލުން “އިންޑިޔާ އައުޓް” ބެނާ ދަމަން ފަށަނީ؟

ހަނިމާދޫ ފަހުގެ

ހަނިމާދޫގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ހަނިމާދޫގައި “”އިންޑިޔާ އައުޓް” ބެނާ ދަމަން ކައުންސިލުން ތައްޔާރީތައް ފަށައިފިއެވެ.

ހަނިމާދޫ ކައުންސިލުގެ މެންބަރު އަލީ އިބްރާހީމް ވިދާޅުވީ ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް މިސަރުކާރަށް އެއްބާރުލުންދީ ވައުދު ފުއްދުމަށް އެހީވުމުގެ ގޮތުން ހަނިމާދޫގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް “އިންޑިޔާ އައުޓް” ލިޔެ ހަނިމާދޫގެ ހުރިހާ މަގެއްގައި ބެނާ ދެމުމަށް ފާސްކުރަން ބުރާސްފަތި ދުވަހުގެ ޖަލުސާއަށް ހުށަހަޅާފައި ވާނެކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

” ސަރުކާރު އައީ އެވެރިން ބޭރު ކުރާނަމޭ ބުނެ އެވިއްކައިގެން، ޕީޕީއެމް، ޕީއެންސީ މެންބަރުން އެދެނީ އެކަމަށް ކައުންސިލުން އެބާރުލުން ދޭން، އެހެންވެ މިހުށަހެޅީ މިކަންތައް” އަލީ އިބުރާހީމް

އަލީ އިބުރާހީމް ވިދާޅުވީ މި ހުށަހަޅާފައިވާ ކަންތައް ފާސް ވާނެކަމަށާ ކައުންސިލްގެ އެހެން މެންބަރުންވެސް މި ކަމަށް އާބަސް ބުނެފައިވާކަމަށެވެ.

ހަނިމާދޫގައި އިންޑިޔާ ސިފައިންގެ 25 މީހުން ތިބެއެވެ. އެމީހުން ތިބެނީ އާއްމުންގެ ގޭގޭ ކުއްޔަށް ނަގައިގެންނެވެ. މިއީ ޑޯނިޔާ ފްލައިޓް އޮޕަރޭޝަނަށް އައިސްތިބޭ ފަރާތް ތަކެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ