އަންނަ އަހަރަށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ޚަބަރު ފަހުގެ

އަންނަ އަހަރަށް ލަފާކޮށް ކުރީ ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ 49.8 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން ފޮނުވާފައިވާ ގޮތަށް ފާސްކޮށްފިއެވެ.

މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ވަނީ ކޮމެޓީން ފޮނުވާފައިވާ ގޮތަށް ބަޖެޓް ފާސް ކުރަން ޕާލިމެންޓްރީ ގްރޫޕްގައި ތްރީލައިން ވިޕެއް ނެރެފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ބަޖެޓް ފާސްކޮށްފައި ވަނީ ތަޅުމަށް ހާޒިރުވެވަޑައިގެން ތިއްބެވި 68 މެންބަރުންގެ ވޯޓުންނެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ހުށެހެޅި ނަމަވެސް ކޮމިޓީން ފާސްކޮށްފައިވަނީ 300 މިލިޔަން ރުފިޔާ އިތުރުކޮށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކޮމިޓީން ބަޖެޓަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭނުންވެގެން ފުށިދިއްގަރު ފަޅުގެ މަޝްރޫއު ހިންގުމަށް ކަނޑައެޅި 400 މިލިއަން ރުފިޔާ، އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލިހުގެ ކޮމިޓީން ކަނޑާލައި އެހެން މަޝްރޫއުތަކަށް ބަހާލުމެވެ. އެ މަޝްރޫއު ހުށަހަޅާފައިވަނީ ޕީއެސްއައިޕީ މަޝްރޫއެއްގެ ގޮތުގައެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ