ރައީސުލްޖުމްހޫރިއްޔާ ކުވޭތުގެ ވަލީއަޙުދަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ވަލީއަޙުދު އައްޝައިޚް މިޝްޢަލް އަލްއަޙްމަދު އަލްޖަބާރުއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ކުވޭތުގެ ވަލީއަޙްދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ކުވޭތުގެ އަމީރު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވިއެވެ. އަދި ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙްއަކީ ދުރުވިސްނުން ގެންގުޅުއްވި، ސާބިތުކަމާއެކު އެޤައުމާއި ރައްޔިތުންގެ ޙައްޤުގައި ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވި އޯގާތެރި ޚިދުމަތްތެރި ލީޑަރެއްގެ ގޮތުގައި ސިފަކުރައްވައި، އެ މަނިކުފާނުގެ ޚިދުމަތުގެ ފޮނި މާޒީ ކުވޭތުގެ ކުރިއެރުމާއެކުއެކީގައި ހަނދުމައައުކުރެވިގެންދާނެކަމުގައި ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ކުވޭތާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުމަކީ ދެގައުމުގެ މެދުގައި އޮތް އިތުބާރާއި އިޙްތިރާމާއި ސުލްޙައާއި ތަމައްދުންގެ މައްޗަށް އެކުލެވިފައިވާ ވަރަށް އަޚްވަންތަ ގުޅުމެއް ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެ މަނިކުފާނުވެސް، ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ ޢާއިލާއަށް ލިބުނު ފުން ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަން ފާހަގަކުރެއްވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ