ފުށިދިއްގަރު ފަޅު ހިއްކަން ފަށައިފި

ޚަބަރު ފަހުގެ

މާލެ ސަރަޙައްދުގައި އަލަށް ފެށުމަށް ނިންމާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު، ރަސްމާލެ ތަރައްޤީ ކުރުމަށް ފުށިދިއްގަރު ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފައްޓަވާދެއްވައިފިއެވެ.

ފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން، އެޗްޑީސީންނެވެ.

އިޝްތިހާރު
އިޝްތިހާރު

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އެންމެ އިސްކަންދެއްވާ އެއްކަމެވެ. އެކަން ކުރުމަށް މުޅިރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމަވާފައެވެ. ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢަކީ ފުށިދިއްގަރު ފަޅު ހިއްކައިގެން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢެވެ.

މިމަޝްރޫޢުގެ ދަށުން، 1153 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެއީ ހުޅުމާލެ ފޭސް 1،2 އެއްކޮށްލައިގެން، އޭގެ ތިންގުނައަށްވުރެ ބޮޑު ރަށެކެވެ.

މިމަޝްރޫޢުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

ހިއްކާ ބިމުން 11000 ގޯއްޗާއި، 26000 އަށްވުރެ ގިނަ ފްލެޓް ދޫކުރުމަށްވަނީ ނިންމާފައެވެ.

ފެހިކަން ގަދަ ހިތްގައިމު މާހައުލެއްގެ ކޮންސެޕްޓަށް މިތަން ތަރައްޤީވެގެންދާއިރު، އެތަން ވެގެންދާނީ ޒީރޯ ކާބަން ތަނަކަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއާއެކު އެތަނުގައި ބޭނުންކުރާނީ އިއާދަކުރަނިވި ހަކަތަ ކަމަށާއި، އިންޖީނުލީ އުޅަނދުވެސް އެތަނުގައި ދުއްވުން މަނާވާނެއެވެ. އަދި މިތަނާއި ރާއްޖޭގެ އެހެން ސަރަހައްދުތަކާއި ގުޅާލުމަށް ވައިގެން މަގުންވެސް ގުޅާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ