30 ޗެމްޕިއަންޝިޕް 2023: ޔުނީފޯމާއި ރިއަލް ސްޓާސް މެޗަށް ހަމަހަމަ ނިމުމެއް

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ 30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި ޔުނީފޯމާއި ރިއަލް ސްޓާސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

އިއްޔެ ހަވީރު ކުޅުނު މި މެޗުގައި އެއްވެސް ޓީމަކަށް ލަނޑުޖަހާނެ މާ ގިނަ ފުރުޞަތެއް ހޯދިފައި ނުވެއެވެ. ފުރަތަމަ ހާފުގައި ރިއަލް ސްޓާސްގެ އުފާލްއަށް ލިބުނު ހުސް ފުރުޞަތުގައި ބޮލުން ފޮނުވާލި ހަމަލާ ޔުނީފޯމްގެ ކީޕަރު ދިފާއުކުރިއިރު، ދެވަނަ ހާފުގެ ކުރީކޮޅު ޔުނީފޯމަށް ވަނީ ޕެންލޓީއެއް ލިބިފައެވެ. އެ ޓީމްގެ ސިނާން ފޮނުވާލި ޕެނަލްޓީ ރިއަލް ސްޓާސްގެ ކީޕަރު ވަނީ މަތަކޮށްފައެވެ. މި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނީފޯމް ޓީމްގެ ޖޯޒީ ނަމްބަރު 29، ހުސެއިން ރަމީޒެވެ. އޭނާ ވަނީ އިއްޔެ މެޗުގައި ޔުނީފޯމް ޓީމްގެ ފަހަތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މި މުބާރާތުގައި ދެން ޔުނީފޯމް ޓީމުން މެޗެއް ކުޅޭނީ މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސްއާ ދެކޮޅަ

ށެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ