ފައިލޭރިއާގެ ކޭހެއް ހުޅުމާލެއިންވެސް ފެނިއްޖެ

ޚަބަރު ފަހުގެ

ފައިލޭރިއާގެ ކޭހެއް ހުޅުމާލެއިންވެސް ފެނިއްޖެއެވެ.

މިކަމާގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން އަންނަނީ ބަލަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ހުޅުމާލެއިން ފައިލޭރިއާގެ ކޭހެއް ފެނިފައިވާއިރު، މިމަހު ކުރީކޮޅު ކުޅުދުއްފުށިން ސިޓީއިންވެސް މި ބަލީގެ ކޭސްތަކެއް ވަނީ ފެނިފައެވެ. އެ ސިޓީން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 25 އަރާފައެވެ. މިހާތަނަށް މި ބަލި ފެނިފައިވަނީ ބިދޭސީންގެ ގައިންނެވެ.

ފައިލޭރިއާއަކީ ބަލި ޖައްސާ ފަންޏެއްގެ (ޕްރެސައިޓް) ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ޖެހޭ ބައްޔެކެވެ. މި ޕެރެސައިޓުގެ ސަބަބުން ހަށިގަނޑުގެ ލިމްފެޓިކް ސިސްޓަމަށް އަސަރުކުރެއެވެ. އަދި ހަށިގަނޑުގެ ގުނަވަންތަކުގެ ސިފަތަކަށް ބަދަލުއާދެއެވެ. އައިބުވާ މިންވަރަށް ސިފަ ބަދަލުވާއިރު، އެންމެ އާންމުކޮށް މި އައިބުކަން ފެންނަނީ އަތާއި ފައިން ކަން ފާހަގަކޮށްލަންޖެހެއެވެ.

މި ބަލި ޖައްސާ ޖަރާސީމު ފެތުރެނީ މަދިރީގެ ޒަރީއާއިންނެވެ. އަދި އާއްމުކޮށް މި ބަލި ފެތުރެނީ ކިއުލެކްސް ނަމަކަށްކިޔާ މަދިރީގެ ޒަރީއާއިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ