ދިރާސީ އަހަރަށް ބަދަލުގެނައުން: 9 އަދި 10ގެ ކިޔަވަމުންދާ ދަރިވަރުންނަށް ބަދަލެއް ނާންނާނެ

ޚަބަރު ފަހުގެ

ދިރާސީ އަހަރުގެ ފެށޭ ދުވަހާއި ޗުއްޓީއަށް ބަދަލު ގެންނަން ނިންމެވި ނަމަވެސް މިހާރު ގްރޭޑް 9 އަދި 10 ގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

2025 ވަނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރުމަހު ދިނުމާއެކު 2026ވަނަ އަހަރުގެ ޖެނުއަރީމަހު ތަޢުލީމީ އަހަރު ފަށާގޮތަށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައިވަނީ ނިންމަވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ތަޢުލީމާ ބެހޭ ވުޒާރާއިން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ މިބަދަލުގެ ސަބަބުން މިހާރު ގްރޭޑް 9 އަދި 10 ގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ކުރިންވެސް ރޭވިފައިވާ ގޮތަށް މިދަރިވަރުން އޯލެވެލް އިމްތިހާން ހަދާނީ މެއި/ ޖޫންގައި ކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މަންހަޖު ފުރިހަމަކުރުމުގައިވެސް އެއްވެސް ވަރަކަށް ކްލާސްރޫމް ލަރނިން ޓައިމް ގެއްލިގެން ނުދާނެ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ 5 ސެމެސްޓަރަށް ބަހާލައިގެން ގެނެވޭ މިބަދަލުގެ ސަބަބުން ދިވެހިރާއްޖޭގެ ފިސްކަލް އަހަރާއި ތަޢުލީމީ އަހަރު އެލައިންކުރެވި އޭގެ މަންފާ ސްކޫލް ހިންގުމުގެ ނިޒާމަށް ލިބިގެންދާނެ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ރަށުން ބޭރުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަހަރުގެ ތެރެއިން ލިބޭ ޗުއްޓީ މިހާރު ލިބެމުންދާ މިންވަރަށްވުރެ މަދުވެގެން ނުދާނެ ކަމަށްވެސް އެވުޒަރާޢިން ވިދާޅުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ