ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ސީނިޔަރ ފުޓްސަލް މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުން ދޮށިމެނާ އަދި ދެވަނަ މެޗުން ގާޒީ މޮޅުވެއްޖެއެވެ.
ދޮށިމޭނާ އަދި ހުރަވީ ބައްދަލުކުރި މެޗު ދޮށިމޭނާއިން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުނެވެ.
ދޮށިމޭނާ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ހައިޝަމް ހަސަން އަދި ނާއިލް ޔޫސުފެވެ. ކޮންމެ ކުޅުން ތެރިޔަކު ދެލަނޑު ކާމިޔާބުކޮށްދިނެވެ. ހުރަވީ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ޒަޔާންގެ އިތުރުން އިބްރާހިމް މާދުއެވެ. ޒަޔާން ދެ ލަނޑު ޖެހިއިރު މާދު ވަނީ ލަނ8ޑެއް ކާމިޔާބު ކޮށްދީފައެވެ.
މިމެޗުގެ މޮޅު ކުޅުން ތެރިޔަކަށް ހޮވުނީ ހުރަވީ ޓީމުގެ 11 ނަންބަރު އަލީ ހައިޝަމް ހަސަން އެވެ.

ދެވަނަ މެޗުގައި ގާޒީ އަދި ފާށަނާ ބައްދަލުކޮށް 5-2 ނަދީޖާއަކުން މެޗު ކާމިޔާބުކުރީ ގާޒީއެވެ.
ގާޒީ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު މުސްތާގު، މުހައްމަދު މާދުގެ އިތުރުން އަފުރާހް ހަސަންއެވެ. މުސަތާގު އާއި މާދު، މިއިން ކޮންމެ ކުޅުންތެރިޔަކު 2 ލަނޑު ކާމިޔާބު ކޮދިންއިރު، އަފުރާހް ވަނީ ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ފާށަނާ ޓީމުން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އަހްމަދު ޒަޔާނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގާޒީ ހައުސްގެ މުހައްމަދު މާދުއެވެ.

މި ދެ މެޗުގެ މޮޅުކުޅުންތެރިންއަށް އިނާމު ހަވާލުކޮށްދެއްވީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ މީޑިއާ ކޯޑިނޭޓަރ ޝަރަފު الله
ޠާހާއެވެ.
މި މުބާރާތުގެ 2 މެޗެއް މިއަދު ވެސް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބަައްދަލުކުރާނީ ގާޒީ ހައުސްއާއި ދޮށިމޭނާ ހައުސްއެވެ. މިމެޗު ފަށާނީ 16:15 ގައެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ފާށަނާ ހައުސްއާއި ހުރަވީ ހައުސް އެވެ. މި މެޗު ފަށާނީ 17:10 ގައެވެ. މި ދެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.
މި ދެ މެޗު ގޮށްކޮޅުގެ ފޭސްބުކް ޕޭޖުން ވަގުތުން ދުރަށް ފޮނުވާ ގޮތަށްވަނީ ހަމަޖެހިފައެވެ.
ފޮޓޯ : ބްލެސިންގް ސެން


