މަޖިލިސް އިންތިހާބު އޮންނާނީ ރޯދަ މަހު

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ތެރޭގައި ބާއްވަން ނިންމައިފި އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ބުނީ މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައި ވަނީ މާޗް މަހުގެ 17 ގަ އެވެ. އެ ދުވަސް ވާނީ ރޯދަ މަހުގެ 7 ވަނަ ދުވަހަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކޮމިޝަނުން ބުނީ މަޖިލިސް އިންތިޚާބު ރޯދަ މަހުގެ ފަހުން ރައްޔިތުންގެ މަޖިލިސް ބާއްވާން އިދާރީ ގޮތުން ދަތިތަކާ ދިމާވާތީ އާއި އީދު ބަންދަށް ފަހު ފެށޭ ހަފުތާ އަކީ ސްކޫލުތަކުގެ އިމްތިހާން ދުވަސްވަރަށް ވުމުގެ އިތުރަށް، ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ މަޖިލިސް އިންތިޚާބު ބޭއްވުމަށް ރޯދަ މަހުގެ ފުރަތަމަ ހަފްތުގެ ފަހު ދުވަސް ބާއްވަން ނިންމީ ކަމަށެވެ.

މަޖިލިސް އިންތިހާބު ރޯދަ މަހު ބާއްވަން ނިންމި އިރު، މިކަމާ އެމްޑީޕީން ދާދި ފަހުން ކަންބޮޑުވުން ފާޅުކުރި އެވެ. އެ ޕާޓީން ބުނެފައި ވަނީ ރޯދަ މަހު އިންތިހާބު ބާއްވަން އުޅެނީ ސަރުކާރުގެ ނުފޫޒުން ކަމަށެވެ.

މިހާރު 87 މެންބަރުން ތިއްބަވާ 19 ވަނަ މަޖިލީހުގެ ދައުރު މި އަހަރުގެ މެއި 28 އަށް ހަމަވާނެ އެވެ. މަޖިލީހުގެ 20 ވަނަ ދައުރަށް މެންބަރުން އިންތިހާބުގައި ޖުމްލަ 93 މެންބަރަކު ހޮވާނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ