ތިލަފުށި ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ ދަށުން އޭރިއާ އީ ހިއްކުމުގެ މަސައްކަތް ފަށައިފި

ޚަބަރު ފަހުގެ

ތިލަފުށި ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ ދަށުން އޭރިއާ އީ ހިއްކުމުގެ މަސައްކަތް އާބަންކޯއިން މިއަދު ފަށައިފިއެވެ.

އާބަންކޯއިން ބުނީ، އޭރިއާ އީ ހިއްކުމުގެ މަސައްކަތް 25 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އެއީ 5.9 ހެކްޓަރުގެ ސަރަޙައްދެކެވެ.

އިޝްތިހާރު
އިޝްތިހާރު

ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމަށް އެރިއާ އޭ، ބީ، އީގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ އާބަންކޯއާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެއްކަމަށް އާބަންކޯއިން ބުނެއެވެ.

ތިލަފުށީގެ ބިން ހިއްކައި ތަރައްގީކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަޙައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުސަތުތައް ހޯދައިދިނުން ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ހަމައެއާއެކު މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ވެސް ސަރުކާރުގެ ނިންމުމެކެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހަތަރު ސަރަހައްދެއްގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހެވެ.

މި މުޅި މަޝްރޫއުގެ ތެރެއިން ހިއްކަން ހަމަޖެހިފައިވަނީ؛ އޭރިއާ އޭ ގެ 71.5 ހެކްޓަރު ސަރަހައްދާއި އޭރިއާ ބީ 39.6 ހެކްޓަރުގެ އިތުރުން، އޭރިއާ އީ 5.9 ހެކްޓަރާއި އޭރިއާ އެފްގެ 0.73 ހެކްޓަރެވެ.

ތިލަފުށީގެ ސިނާއީ މަޝްރޫއަކީ ސަރުކާރުގެ ލަފަޔާއި އިރުޝާދުގެ ދަށުން އާބަންކޯއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ