އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ ކޮންގްރެސް އަށް އަސާސީ ޤަވައިދަށް އިސްލާޙު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އަސާސީ ގަވާއިދުގެ އެއް މާއްދާއަށްވުރެ ގިނަ މާއްދާއަށް ނުވަތަ އެއް އިސްލާހަށްވުރެ ގިނަ އިސްލާޙު ހުށަހަޅާނަމަ އިސްލާޙު ހުށަހަޅާ މާއްދާ އެނގޭނެހެން އެއް ފޯމަކުން ހުށަހެޅުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ.
ކުރިން މި އަހަރުގެ އޮގަސްޓް 4 ގައި ބާއްވަން އޮތް އެމްޑީޕީގެ ކޮންގްރެސް އެ މަހުގެ 19 އަށް މިހާރު ވަނީ ފަސްކޮށްފަ އެވެ.
އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހަޅަން ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހެޅުން ހިމެނެ އެވެ. އޭގެ ތެރޭގައި ރިޔާސީ އިންތިހާބުގައި 30 ޕަސެންޓަށް ވުރެ މަދުން ވޯޓު ލިބިއްޖެ ނަމަ، އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރެއް ބޭއްވުމުގެ އުސޫލެއް ގާނޫނުއަސާސީގައި ކަނޑައެޅުމަށް ހުށަހެޅުން ހިމެނެ އެވެ.
އެމްޑީޕީގެ ކޮންގްރެސް އަށް ތައްޔާރުވާ އިރު، ޕާޓީގެ އާ ޗެއާޕާސަނަކީ މިހާރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.
އެ ޕާޓީން އެންމެ ފަހުން ކޮންގްރެސް ބޭއްވީ 2018 ގަ އެވެ.


