ކޮމަންޑު އަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް

ޚަބަރު ފަހުގެ

ށ. ކޮމަންޑުއަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ކޮމަންޑޫ ކައުންސިލުން ބުނީ އެ ރަށަށް އުދައެރުމުގެ ސަބަބުން އާއްމު ރައްޔިތުންގެ ގޭގެއަށް ލޮނު ވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ރައްޔިތުންގެ މުދަލާއި ގޯތިތެދޮރޮ ސަލާމަތް ކުރުމަށްޓައި ކައުންސިލާއި ސަރޓްޓީމް، އެމްޓީސީސީ އާއި ޕޮލިސް އަދި އާއްމު ރައްޔިތުން ދަނީ މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ބުނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު މޫސުން ގޯސްވެފައިވާއިރު މެޓް އޮފީހުން ވަނީ ކޮމަންޑޫ ހިމެނޭ ސަރަހައްދަށް މިރޭ 9 ޖެހުމާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.

މާލެ އަށް ހުއްޓުމެއް ނެރި ވާރޭ ވެހެމުންދާއިރު މާލޭގެ މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެތީ، މޫސުމަށް ސަމާލުވާން ވަނީ އެދިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ