ހަނިމާދޫ ދާއިރާއަށް އެމްޑީޕީ ޕްރައިމްމަރީގައި ވާދަކުރަނީ ދެބޭފުޅުން

ފަހުގެ ސިޔާސީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާއަށް އެމްޑީޕީ ޕްރައިމްމަރީގައި ވާދަކުރަނީ ދެބޭފުޅުން ކަމަށް އެޕާޓީން މިއަދު ބުނެފިއެވެ.

އެމްޑީޕީން މިއަދު ހާމަ ކުރި ގޮތުގައި ހަނިމާދޫ ދާއިރާއަށް ކުރިމަތި ލާފައިވަނީ ދެ ބޭފުޅުންނެވެ. އެއީ ކެންޑިޑޭޓް ނަންބަރ 1 ޢަބްދުލްޣަފޫރު މޫސާ، މ.ނޮރަންމަ/މާލެ އަދި ކެންޑިޑޭޓް ނަންބަރ 2 ޢަލީ ޝިނާން، މަލަ/ހދ.ހަނިމާދޫ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޑީޕީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީ އަންނަ މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ.

ޕްރައިމްމަރީއަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވުމުން 36 ދާއިރާއަކުން ޕްރައިމަރީއަކާ ނުލާ ކެންޑިޑޭޓުން ވަނީ ޔަޤީންވެފައެވެ. އެމްޑީޕީން އާންމުކުރި ޕްރައިމްމަރީ އޮންނަ ދާއިރާތަކުގެ ލިސްޓުގައިވާ ގޮތުން އެޕާޓީން ބާއްވާނީ 43 ދާއިރާގެ ޕްރައިމަރީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ