ސީނިއާރ ހޭނޑް ބޯޅަ މުބާރާތުގެ ފައިނަލަށް ފާށަނާ ހައުސް އަދި ޣާޒީ ހައުސް

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ސީނިއާރ ހޭންޑް ބޯޅަ މުބާރާތުގެ ފައިނަލަށް ފާށަނާ ހައުސް އަދި ޣާޒީ ހައުސް ދަތުރުކޮށްފިއެވެ. އެގޮތުން މިއަދު ހަވީރު ބައްދަލްކުރި މެޗުތަކުން ކާމިޔާބު ހޯދައި މިދެ ޓީމު ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.

މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ފާށަނާ ހައުސް އާއި ދޮށިމޭނާ ހައުސް ވާދަކޮށް ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ފާށަނާ ހައުސް އެވެ. މި މެޗު ފާށަނާ ހައުސް ކާމިޔާބު ކުރީ 23 ލަނޑު 5 ލަނޑުގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފާސަނާ ހައުސްގެ އައިމިނަތު ދީނާ 11 ލަނޑު ކާމިޔާބު ކޮށްދިން އިރު އެ ޓީމުގެ ފާޠިމަތު ނާޝް ވަނީ 9 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި ފާށަނާގެ އަޒްކާ އަޙުމަދު 2 ލަނދު ކާމިޔާބު ކޮށްދީފައިވާ އިރު، ބާކީ ލަނޑު ކާމިޔާބުކޮށްދިނީ މަނާލް އަބްދުލް އަޒީޒެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި ދޮށިމޭނާ ހައުސްގެ އައިޝަތު އަލްމާސާ 4 ލަނޑު ކާމިޔާބުކޮށް ދީފައިވާ އިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބު ކޮށްދިނީ އައިޝަތު އުމާމާ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފާށަނާ ހައުސްއަށް 11 ލަނޑު ކާމިޔާބުކޮށްދިން އައިމިނަތު ދީނާ އެވެ.

މިއަދުގެ ދެވަނަ މެޗުގައި ވާދަކުރީ ޣާޒީ ހައުސް އަދި ހުރަވީ ހައުސްއެވެ. މި މެޗު 8 ލަނޑު 4 ލަނޑުން ކާމިޔާބުކުރީ ޣާޒީ ހައުސްއެވެ. މި މެޗުގައި ޣާޒީ ހައުސްގެ އައިމިނަތު ލަޔާން ވަނީ 5 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި ފާޠިމަތު ސާޔާ، އައިޝަތު ޔަޝްމީ އަދި އާޔާ އަލީ ވަނީ ކޮންމެ ކުޅުންތެރިއެއް ލަނޑެއް ކާމިޔާބު ކޮށްދީފައެވެ.

މި މެޗުގައި ހުރަވީ ހައުސްގެ ލަނޑުތައް ކާމިޔާބު ކޮށްދީފައިވާ ގޮތަށް ބަލާއިރު، މަރްޔަމް ރިޒްމާ އަދި ޝާޔާ އަޙުމަދު ވަނީ ކޮންމެ ކުޅުންތެރިއެއް 2 ލަނޑު ކާމިޔާބުކޮށް ދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޣާޒީ ހައުސްގެ އައިމިނަތު ލަޔާންއެވެ.

މި މުބާރާތުގެ ފައިނަލަށް ފާށަނާ ހައުސް ދަތުރުކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށް 9 ޕޮއިންޓާއި އެކުއެވެ. އަދި ޣާޒީ ހައުސް މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗު ކާމިޔާބުކޮށް 6 ޕޮއިންޓާއި އެކުއެވެ. މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ފާށަނާ ހައުސްއެވެ.

މި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ގައި ހަނިމާދޫ ޒުވާނުންގެ މަރުކަޒުގެ މެޓް ޓާފްގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ