ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހި ފަތުރުވެރިއެއްގެ ފައި ބުރިވެއްޖެ

ޚަބަރު ފަހުގެ

ހުޅުމާލެއާ ދިމާލުން ބޭރުގައި އޮތް ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއެއްގެ ފައި މިއަދު ބުރިވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެހާދިސާގައި ފައިބުރިވީ އުމުރުން 63 އަހަރުގެ އެމެރިކާ އަންހެނަކަށް ކަމަށެވެ. އޭނާގެ ފައިގެ ކަކުލުހުޅުގެ ތިރިން ފައި މުޅިން ބުރިވެފައިވާ ކަމަށެވެ. އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

އޭނާ ވިދާޅުވި ގޮތުގައި އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހެނދުނު 8:30 އެހާކަށް ހާއިރު އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ