ހަނިމާދޫ އެއަރޕޯޓުން ފުރަންދިޔަ ފަސިންޖަރަކު ބޮމެއް އޮތްކަމަށް ބުނުމުން ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އެނާ ހަތްޔަރުކުރީ މިއަދު މެންދުރު ހަނިމާދޫން ފުރަން ތައްޔާރުވެފައި ވާ ފްލައިޓަަށް ފަސިންޖަރުން އަރަން ތައްޔާރުވެފައިވަނިކޮށެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ ހަނިމާދޫ އެއާޕޯޓަށް ފުރަން ގޮސް ހުރި ދިވެހި ފިރިހެނަކު ބޮމެއް އޮތް ކަމަށް ބުނެ ބިރު ދައްކާފައިވާ ކަމަށެވެ. އެ މައްސަލައިގައި އެ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މީހާއާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.
އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.