ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ބިދޭސީގެ އަދަދު 70 ޕަސެންޓަށް އިތުރުކޮށްދިނުމަށް އެދިއްޖެ

ޚަބަރު ފަހުގެ

ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ނިސްބަތް 70 ޕަސެންޓަށް އިތުރުކޮށް ދޭން އެދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ހުށަހަޅައި އެވެ.

އެތަނުން ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހެޅީ ބިދޭސީ މުވައްޒަފުން 70 ޕަސެންޓަށް އިތުރުކޮށް ދިވެހި މުވައްޒަފުން ގެންގުޅުމަށް ލާޒިމުކުރާ ނިސްބަތް 30 ޕަސެންޓަށް ދަށްކޮށް ދިނުމަށެވެ. އެހެންވެ އެ ހުށަހެޅުމާ ގުޅިގެން ހަޔަ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން، ދިވެހި މުވައްޒަފުންގެ ނިސްބަތަށް ގެންނާނެ ބަދަލުތައް ދެނެގަތުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޓޫރިޒަމް މިނިސްޓްރީން ބުނީ ސަރުކާރުގެ ވިސްނުން ހުރީ ދިވެހި މުވައްޒަފުންގެ އަދަދު ޓޫރިޒަމް ދާއިރާގައި އިތުރު ކުރަން ކަމަށެވެ. އެހެންވެ، އުސޫލަށް ބަދަލު ގެންނާނީ ދިވެހިންނަށް އެންމެ ރަނގަޅު ގޮތް ބެލުމަށް ފަހު ކަމަށް ބުންޏެވެ.

ބިދޭސީ މުވައްޒަފުންގެ ނިސްބަތް މަތިކުރަން މަޓީން ހުށަހެޅި “ޕީޕަލް ފަސްޓް އެޗްއާރް ކޮންސަލްޓެންސީ” އިން ހެދި ދިރާސާއަކަަށް ބިނާކޮށެވެ. އޭގައި ފާހަގަކޮށްފައިވާ ގޮތުގައި 2023-2027 އާ ހަމައަށް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ބޭނުންވާ ވަރަށް ވަޒީފާ އަދާކުރާ ދިވެހިންނެއް ނެޔެވެ. އެހެންވެ ރާއްޖޭގެ އިގުތިސާދު އެ ސިނާއަތަށް ބަރޯސާވެފައިވާ ޓޫރިޒަމް ސިނާއަތަށް 2027 ވަނަ އަހަރު 78،000 މުވައްޒަފުން ބޭނުންވާ ކަމަށް ބުންޏެވެ. އެކަމަކު އެ މުއްދަތަށް އުފެއްދެން އޮތީ 18،000 އެއްހާ ދިވެހިން ކަމަށް ވެސް އެ ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީގައި މިހާރު 40،000 މުވައްޒަފުން މަސައްކަތްކުރެ އެވެ. އޭގެ ތެރޭގައި ދިވެހިންގެ އަދަދަކީ 15،000 އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ