ފުރަން ގޮސް ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ގަން އިންޓަރނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުރި މީހަކު ބޮމެއް އޮތް ކަމަށް ބުނި މައްސަލައެއް މިއަދު 17:25 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެމައުލޫމާތު ލިބުމުން ފުލުހުން އެމްއެންޑީއެފް އަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި، އެމްއެންޑީއެފުން އެމީހުން ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު އެފަދަ އެއްޗެއް ފެނިފައި ނުވާ ކަމަށްވެސް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ވިދާޅުވިއެވެ.
އެމައްސަލައާއި ގުޅިގެން އުމުރުން 58 އަހަރުގެ ދިވެހި އަންހެނަކާއި، 61 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


