ހުޅުމާލޭ ޖަލުގައި 40 މީހުންގެ ޖާގައިގެ ހޯލްޑިން ޔުނިޓެއް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފި

ޚަބަރު ފަހުގެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހިންގާ ހުޅުމާލޭ ޖަލުގައި ޤާއިމްކުރާ 40 މިހުންގެ ޖާގައިގެ ހޯލްޑިން ޔުނިޓްގެ ބިންގާ އަޅައިފިއެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އާ ޔުނިޓްގެ ބިންގާ އަޅުއްވާ ދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ.

އިޝްތިހާރު
އިޝްތިހާރު

ހުޅުމާލޭ ޖަލުގައި ހޯލްޑިން ޔުނިޓް ޤާއިމްކުރުމުގެ މަޤްޞަދަކީ ހުޅުމާލޭ ޖަލުގައި ތިބި ޤައިދީންނަށް ދެވޭ ޙިދުމަތާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަލަށް ޖަލަށް ގެންނަ ޤައިދީންނާއި ބަންދު މީހުން ޖަލުތަކަށް ގެންދެވެންދެން ބޭތިއްބޭނެ އިންތިޒާމް ހަމަޖެއްސުންކަމަށެވެ. އަދި އެކި ބޭނުންތަކަށް މާލެ ގެންނަ ޤައިދީންނާއި ބަންދުމީހުން ގެންނަ ބޭނުން ނިމި އަނބުރާ އެޖަލުތަކަށް ގެންދެވެންދެން ބޭތިއްބޭނެ އިންތިޒާމް ހަމަޖެއްސުމަކީވެސް މި ޔުނިޓްގެ ބޭނުމެއްކަމަށް ކަރެކްޝަނުން ބުނެއެވެ.

މީގެ ކުރިން ޓްރާންސިޓްކޮށް ގެންނަ ޤައިދީންނާއި ބަންދުމީހުން ބައިިތިއްބަނީ މާލޭ ޖަލުގައިނަމަވެސް، މި މަހުގެ 7 ވަނަ ދުވަހު މާލޭ ޖަލު ވަނީ ބަންދުކޮށްފައެވެ.

އަލަށް ޤާއިމްކުރެވޭ 40 މީހުންގެ ޖާގައިގެ ހޯލްޑިންގ ޔުނިޓްގެ އިތުރުން، މުސްތަގްބަލްގައި އެ އިމާރާތުގައި އިތުރު ބައިތައް ޤާއިމްކޮށް، 77 މީހުންގެ ބޭތިއްބޭވަރަށް ބޮޑުކުރާނެކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.

މި އިމާރާތުގެ މަސައްކަތް 4 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ