ދިވެހިރާއްޖޭގެ ޒަކާތު ހައުސް ވެބްސައިޓު އިފްތިތާހްކޮށްފި

ޚަބަރު ފަހުގެ

ޒަކާތާއި ބެހޭ މުހިންމު މައުލޫމާތުތައް ހިމަނައި “ދިވެހި ރާއްޖޭގެ ޒަކާތު ހައުސް” ވެބްސައިޓު އިފްތިތާހްކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވެބްސައިޓް ލޯންޗުކޮށްފައިވަނީ މިއަދު އިސްލާމީ ކަންތަައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސް އާއި ގުޅޭ މައުލޫމާތުތައް ވެބްސައިޓްއިން ލިބިގެންދާނެ ގޮތަކަށެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވެބްސައިޓު އިފްތިތާހްކޮށްދެއްވީ، އިސްލާމީ މަރްކަޒުގެ އިސް އިމާމު އައްޝައިޚް މުޙައްމަދު ލަތީފްއެވެ.

އިޝްތިހާރު
އިޝްތިހާރު

އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައިދޫ ބައިވެރިވެވަޑައިގެންނެވި މި ހަފްލާގައި، މިނިސްޓަރ އޮފް ސިޓީސް އެންޑް ލޯކަލް ގަވަމެންޓް އޮތޯރިޓީ އާދަމް ޝަރީފް އުމަރު ބައިވެރިވެވަޑައިގެންނެވިއެވެ.

ޒަކާތު ހައުސް ވެބްސައިޓުން ޒަކާތު ފަންޑުގެ އެހީ ހޯދުމާއި ގުޅޭ މައުލޫމާތުތަކާއި، ޒަކާތު ހައުސްގެ އެންމެ ފަހުގެ މައުލޫމާތުގެ އިތުރުން ޒަކާތުގެ ނިސާބާއި އަދި ޒަކާތާއި ގުޅޭ އާންމު ގިނަ މައުލޫމާތު އެއްތަނަކުން ލިބިގެން ދާނެއެވެ. އަދި ވެބްސައިޓުން ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް މީރާގެ ވާރު ޕްލެޓްފޯމުގެ ޒަކާތާއި ގުޅާލަ ދޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވީ 18 ޑިސެމްބަރ 2023ގައެވެ. އަދި މި މަހުގެ 2 ވަނަ ދުވަހު އެމަނިކުފާނު ވަނީ ‘ދިވެހިރާއްޖޭގެ ޒަކާތު ހައުސް’ އިފްތިތާހްކޮށްދެއްވައިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ