މަސްބާނަން ނުކުމެ އުޅުނު ރާއްޖޭގެ މަސްދޯންޏަކަަށް އިންޑިޔާގެ ސިފައިން އަރައިފި!

ޚަބަރު ފަހުގެ

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް އިންޑިޔާގެ ޢަސްކަރިއްޔާގެ ސިފައިން އަރައިފިއެވެ.

މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރާއްޖޭގެ މަސްދޯންޏަށް އަރާފައި ވަނީ ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެ މައްސަލައިގެ ރިޕޯޓް އެ އިދާރާއަށް ވެސް ލިބިފައިވާތީ އެކަން އެމްއެންޑީއެފްއިން ބަލަމުންގެންދާކަމަށާ، ރާއްޖޭގެ ދޯނި އޮތް ސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރު ދަތުރު ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އިންޑިޔާ ސިފައިން އަރާފައިވަނީ އދ. މަހިބަދޫއަށް ނިސްބަތްވާ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަމުން އަންނަ ‘އަސުރުމާ 3″ ދޯންޏަށް ކަން ވަނީ ކަށަވަރުވެފައެވެ.

އަދި އަސުރުމާ ދޯނީގައި ގާތްގަނޑަކަށް ވިއްސަކަށް ދިވެހިން ތިބި ކަމަށް މަޢުލޫމާތު ލިބިފައިވާއިރު، އިންޑިޔާ ސިފައިން މިހާރުވެސް އެ ދޯނީގައި ތިބި ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

އެ ދޯންޏަށް އެރި އިންޑިޔާ ސިފައިންގެ އަދަދު ސާފެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ