މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާއި، ކީރިތި ޤުރްއާން ހިތުދަސްކޮށްގެން އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް މިރޭ ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި އިނާމުތައް ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

އިނާމުދެއްވާނެ ފަރާތްތައް ކަނޑައަޅުއްވާނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ 9 ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 41 ބޭފުޅަކާއި އަދި ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ބޭފުޅަކަށާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ފަރާތެކެވެ.
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވީ:
- ޑޮކްޓަރ ޢާއިޝަތު ޝަފިނާ، ގ. މަންބަޢު
- ޑޮކްޓަރ ފާޠިމަތު މުނާ، ސަނޯރާމާގެ އދ. މަހިބަދޫ
- ޑޮކްޓަރ ޢާއިޝަތު ނަޝީދާ، މ. ރުއްފުށި
- ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް، ގުލްބަކާގެ، ގދ. ފިޔޯރީ
- ޑޮކްޓަރ އާމިނަތު ޝިޔާމާ، ގ. ބްލޫވިންގ
- ޑޮކްޓަރ ވަސީމާ ފިކުރީ، ފެހިވިލު، ތ. ތިމަރަފުށި
- ޑޮކްޓަރ ފާޠިމަތު ނަޖާދާ ޢަބްދުﷲ، ދަފްތަރު. ނަންބަރު ދރ 586
- ޑޮކްޓަރ ޙައްވާ ޝިއުނާ މުޞްޠަފާ، މ. ކަނޑުފުށި
- ޑޮކްޓަރ އަޙްމަދު މުޙައްމަދު، މާކޯނި، ނ. ވެލިދޫ މިބޭފުޅުންނެވެ.
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވީ:
- އަލްފާޟިލް ޢަލީ ޝައުޒޫން، ޑިލައިޓްހާރޓް، ސ. މަރަދޫ
- އަލްފާޟިލާ ދިޔާނާ ޢަބްދުﷲ، ރަންކޮކާގެ، ދ. ހުޅުދެލި
- އަލްއުސްތާޛު އާދަމް ޝަރީފް، ރަބީޢުގެ، ތ. ކަނޑޫދޫ
- އަލްފާޟިލް އިބްރާހީމް ނަވާފް، ޖިފްޓި، ސ. ހުޅުދޫ
- އަލްފާޟިލާ ލުބްނާ މުޙައްމަދު، ލެގޫނާ، ހދ. ކުޅުދުއްފުށި
- އަލްފާޟިލް މުޙައްމަދު ޒުހައިރު، ސާހިލް، ށ. ފޯކައިދޫ
- އަލްފާޟިލާ ފާޠިމަތު ރައުދާ، ފިނިފަރު، ތ. ވިލުފުށި
- އަލްފާޟިލް އަޙްމަދު އަމީން، ދަފްތަރު. ނަންބަރ ރސ 13923
- އަލްފާޟިލް މުޙައްމަދު އަމީން، ފެންވަރު، ކ. ކާށިދޫ
- އަލްފާޟިލާ މަރްޔަމް އަފްޒާ އަޙްމަދު، ނޫރާނީއާގެ، ޅ. ނައިފަރު
- އަލްފާޟިލް އަޙްމަދު ނިޝާމް، ފިނިހިޔާ، ތ. ހިރިލަންދޫ
- އަލްފާޟިލާ ޢާއިޝަތު މަންޞޫދާ، ދެވެލި، ގއ. ވިލިނގިލި
- އަލްފާޟިލާ ފާޠިމަތު ސަދާ މުޙައްމަދު އިބްރާހީމް، ދިލާސާގެ، ޅ. ނައިފަރު
- ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޟިޔާޢު، ގުލިސްތާނުގެ، ގއ. ގެމަނަފުށި
- އަލްއުސްތާޛާ ޢާއިޝަތު ރަޝީދާ، ސާދާގެ، ސ. ހިތަދޫ
- އަލްފާޟިލް އަޙްމަދު އަކްރަމް، އައްސޭރި، ތ. ވޭމަންޑޫ
- އަލްފާޟިލް އަޙްމަދު ޝިޔާމް އިބްރާހީމް، ފަރުމާ، ށ. ފޯކައިދޫ
- އަލްފާޟިލާ ނަޢީމާ އަޙްމަދު، ހިރުނދުމާގެ، ރ. މީދޫ
- އަލްފާޟިލް އިބްރާހީމް ރަޝީދު، އެހުރު، ފ. ނިލަންދޫ
- އަލްފާޟިލާ ނަޝާޔާ ރަޝީދު، ގުލާބީވިލާ، ގދ. ފިޔޯރި
- އަލްފާޟިލް ޝަފްރާޒް ރަޝީދު، ދަފްތަރު. ނަންބަރު ރސ 11690
- އަލްފާޟިލާ އަލްފީނު ޢަދުނާން އިސްމާޢީލް، ވެހެލި، ގދ. ތިނަދޫ
- އަލްފާޟިލާ ޙަލީމަތު ނަހުލާ އަޙްމަދު، ނިޝާން، ޅ. ހިންނަވަރު
- އަލްއުސްތާޛު ޙުސައިން ނަޡީރު، ވައިޓްރޯސް، ނ. ޅޮހި
- އަލްފާޟިލް އިސްމާޢީލް ޞަބާޙް، މއ. ޕިންކްޑްރީމް
- އަލްފާޟިލާ ޢާއިޝަތު ނާޡިމާ، މަލަސް، ބ. ގޮއިދޫ
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވީ:
- ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ފިރާޟް، ޖަނަވަރީމާގެ، ހއ. އިހަވަންދޫ
- އަލްފާޟިލާ ތުޙްފާ ޢަބްދުﷲ، ހަމަވަތި، ބ. ދަރަވަންދޫ
- އަލްފާޟިލާ ސަޢާދާ އިބްރާހީމް، ބިންމާގެ، ނ. މާޅެންދޫ
- އަލްއުސްތާޛާ ޢާއިޝަތު މިހުނާ ނާސިޙް، މިމްސާ، ގދ. ގައްދޫ
- އަލްފާޟިލާ ޙަލީމަތު ރަޝީދާ، ލަކްސަމީގެ ،ހއ. އިހަވަންދޫ
- ފަސްޓް ލެފްޓިނަންޓް އިބްރާހީމް ޢަލީ، ކަޝްމީރުވާދީ، ހދ. މަކުނުދޫ
- އިންސްޕެކްޓަރ އޮފް ޕޮލިސް އުސްވަތު އަޙްމަދު، އަސޭގެ، ގދ. ތިނަދޫ
- އަލްފާޟިލާ މަރްޔަމް ރަނާ، ރިހިގެ، ހއ. ހޯރަފުށި
- އަލްފާޟިލާ ޢާއިޝަތު ޒައިފާ، ގ. ގޮޅާގެ
- އަލްފާޟިލާ އާމިނަތު ރިޝްމީ، ސަމާ، ހއ. މާރަންދޫ
- އަލްފާޟިލާ ޢާއިޝަތު ޢުލްޔާ ޢާޒިމް، ހ. ދިޔަދޫގެ
- އަލްފާޟިލް މުޙައްމަދު ނަފުޢާން ޢާމިރު، މ. ދޮންލުބޯގެ
- އަލްފާޟިލާ ފާޠިމަތު ޔަމާން ޝުޢާޢު، ރިޔަން، ސ. ހިތަދޫ
- އަލްފާޟިލް މުޙައްމަދު ސިމްޔާން ޝަރީފު، އަލިމަސްގެ، ގދ. ތިނަދޫ
- އަލްފާޟިލާ ފާޠިމަތު ނަވްޒާ، ޖަނަވަރީގެ، ސ. ފޭދޫ މިބޭފުޅުންނެވެ.
ހުނަރުވެރި ފަންނުވެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާސިލުކުރެއްވީ،
އދ. ދަނގެތީ، އޯޝަންވިލާ، އަލްފާޟިލް މުޙައްމަދު އަކްރަމެވެ.
އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހާސިލު ކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާސިލުކުރެއްވީ، ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑުންނެވެ.
ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް ހާސިލުކުރެއްވި 13 ޙާފިޡުންނަކީ:
- އަލްޙާފިޡާ ފާޠިމަތު ފައުޒިއްޔާ، އާވެލި، ސ. ހިތަދޫ
- އަލްޙާފިޡާ ޝިފާ ބިންތު ޢަބްދުﷲ ޙަމީދު، މަތިމަރަދޫ. މާލަމް، ލ. ގަން
- އަލްޙާފިޡް ހޫދު މުޙައްމަދު ޢަލީ، ދިގުވާނޑު. އަނޯވާ، ޏ. ފުވައްމުލައް
- އަލްޙާފިޡް މުޙައްމަދު އަނީސް ޙުސައިން، މިސްކިތްމަގު. މާވޭދެ، ޏ. ފުވައްމުލައް
- އަލްޙާފިޡާ ޞަފިއްޔާ ޢަލީދީދީ، މާލެގަން. މާވިނަ، ޏ. ފުވައްމުލައް
- އަލްޙާފިޡް މުޙައްމަދު ފަލާޙް ޞާލިޙް، އިތާމުތްގެ، ސ. ހިތަދޫ
- އަލްޙާފިޡް ޢަބްދުﷲ ބިން އިމްޖާދު، ގ. ރައިހާނުގެ
- އަލްޙާފިޡާ ފާޠިމަތު ޙަސަން، ރޯޒްބޯލް، ސ. ހިތަދޫ
- އަލްޙާފިޡް މުޙައްމަދު އައިދިން ނަޖުމީ، ކަށިމާގެ، ސ. މަރަދޫ
- އަލްޙާފިޡް ޢަބްދުލްބާސިޠް ސަލީމް، ދިލްކަޝްވިލާ، ގދ. ހޯނޑެއްދޫ
- އަލްޙާފިޡް ޢައްމާރު ބިން އިބްރާހީމް، ދަފްތަރު ނަންބަރު 011، ނ. ވެލިދޫ
- އަލްޙާފިޡާ މަރްޔަމް ނައިސަމް ސަޢީދު، ކުރިބޯށި، ސ. ފޭދޫ
- އަލްޙާފިޡް އަމަން އަޙްމަދު ޢާޠިފް، ޑޭޒީމާގެ، ބ. ހިތާދޫ މިބޭފުޅުންނެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވިއެވެ.


