ގެއްލުނު 15 އަހަރުގެ ފިރިހެން ކުއްޖާ ގެއަށް އަތުވެއްޖެ، ހާލު ރަނގަޅު

ޚަބަރު ފަހުގެ

ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ ފިރިހެން ކުއްޖާ ގެއަށް އައިސްފައިވާ ކަމަށާއި އެ ކުއްޖާގެ ހާލު ރަނގަޅު ކަަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިރޭ ވިދާޅުވިގޮތުގައި ގެއްލުގެން ހޯދަމުން ގޮސްފައި ވަނީ ކުޑަހުވަދޫ / ދާރުއްސަލާމް، އާދަމް ޒިޔާން މުޙައްމަދު 15 އަހަރު (މިހާރު ދިރިއުޅޭ އެޑްރެސް: ހުޅުމާލެ ފްލެޓް ނަންބަރު 128-4-01) އެވެ.

އިޝްތިހާރު
އިޝްތިހާރު

އޭނާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މި މަހުގެ ދެ ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށިއެވެ.

އޭނާ އެންމެ ފަހުން ފެނިފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހުގެ 23:00 ހާއިރު، އެ ކުއްޖާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ފަހުން މިރޭ ވިދާޅުވީ،އޭނާ އަމިއްލައަށް ގެއަށް ގޮސްފައިވާ ކަމަަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ