މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހަނިމާދޫ ސްކޫލުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފުލުހުން މައުލޫމާތުދީފި

ހަނިމާދޫ ފަހުގެ

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހދ.ހަނިމާދޫ ސްކޫލުގެ ދަރިވަރުނާއި ބެލެނިވެރިންނަށް ފުލުހުން މައުލޫމާތުދީފިއެވެ.

ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ހަނިމާދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ވަކިވަކިން ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި ހަނިމާދޫ ސްކޫލުގެ ގުރޭޑް 6،7،8،9ގެ 90 ދަރިވަރުނާއި 44 ބެލެނިވެރިން ބައިވެރިވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަންގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުންނާއި މަގުމަތީގެ އަދަބުތަކާއި ރައްކާތެރިކަމާއެކު މަގުމަތި ބޭނުން ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން އަދި ގާނޫނާ ގަވާއިދުތަށް ވަނީ ބުނެދީފައެވެ.

ފޮޓޯ: ފުލުހުން

ބެލެނިވެރިންނަށް ކުރިއަށް ގެންދެވުނު ސެޝަންގަައި ދަރިން މަގުމަތީގެ އަދަބުތަކަށް ރައްކާތެރިވުމުގެ މުހިންމުކަން އަދި ޓްރެފިކް ގާނޫނާ ގަވާއިދަށް އަހުލުވެރިި ކުރެވިފައިވެއެވެ.

ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން ދަނީ އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކާ ގުޅިގެން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ރަށްރަށުގެ ރައްޔިތުންނާއި ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުއައްސަސާތަކުގެ މުވައްޒަފުން ހޭލުންތެރިކުރުމުގެ މިފަދަ ޕްރޮގްރާމުތައް ހިންގަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ