“ޖަވާހިރުލް ޤުރުއާން މުބާރާތް 1445” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހަނިމާދޫ ފަހުގެ

ހަނިމާދޫ ކައުންސިލުން މިއަހަރު ބާއްވަން ހަމަޖެހިފައިވާ “ޖަވާހިރުލް ޤުރުއާން މުބާރާތް 1445” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަންނަ މާރިޗު މަހު ތެރޭ ކުރިޔަށްގެންދާ މި މުބާރާތް ކުރިޔަށް ގެންދަނީ 5 ކީ ސްޓޭޖަށް ބަހާލައިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހުގެ 13:00 ހަމަޔަށް ހުޅުވާލާފައިވާއިރު ފޯމް ދޫކުރުމާއި ބަލައިގަތުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 13:00އަށް ހަނިމާދޫ ކައުންސިލް އިދާރާ ކައުންޓަރުން ކުރިޔަށް ދާނެކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ. އަދި މުބާރާތުގެ އުޞޫލު އަދި ބައިވެރިވުމުގެ ފޯމް އެ ކައުންސިލްގެ ވެބްސައިޓްއިން ލިބެންހުންނާނެކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

ކީ ސްޓޭޖްތައް ބަހާލެވިފައިވާގޮތް އަދި ކިޔަވަން ހަމަޖެހިފައިވާ ގޮތް:

މި މުބާރަތުގައި ވަނަތަށް ހޮވަނީ ކޮންމެ ކީސްޓޭޖަކުން 1 ވަނަ، 2 ވަނަ އަދި 3ވަނަ އަދި ކޮންމެ ގޮތްޕަކުން 1ވަނަ، 2ވަނަ، 3ވަނަ އެވެ.

ހަނިމާދޫ ކައުންސިލުން ބުނީ ހދ އަތޮޅު ޤުރުޢާން މުބާރާތަށް ހަނިމާދޫ ތަމުސީލުކުރަން ދަރިވަރުން ނެގުމުގައި ބަލަނީ މި މުބާރާތުން އެންމެ މަތިން މާކްސް ހޯދާފައިވާ އުމުރުފުރާތަކުގެ ދަރިވަރުންގެ ތެރެއިން ތަރުތީބުންކަމަށެވެ.

މިމުބާރާތުގެ ވަނަތަކަށް ހޮވޭ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތައް:

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ