މަޖިލިސް އިންތިޚާބު: ރާއްޖޭން ބޭރުގައި ވޯޓުލުމަށް ބޭނުންވާ ޢަދަދަށް ރީރަޖިސްޓްރީކޮށްފައި ވަނީ އެންމެ ދެ ޤައުމުގައި!

ޚަބަރު ފަހުގެ

މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް ރާއްޖޭން ބޭރުގައި ވޯޓުލުމަށް ބޭނުންވާ ޢަދަދަށް ރީރަޖިސްޓްރީކޮށްފައި ވަނީ އެންމެ ދެ ޤައުމުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ރީ-ރަޖިސްޓްރީއަށް ހުޅުވާލީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އިއްޔެ ހަވީރަށް ރީ-ރަޖިސްޓްރީވުމުގެ މުއްދަތު ވަނީ ހަމަވެފައެވެ. އެ މުއްދަތުގެ ތެރޭގައި ރާއްޖޭން ބޭރުގައި ވޯޓުލުމަށް ބޭނުންވާ އަދަދަށް ރީރަޖިސްޓްރީކޮށްފައި ވަނީ ސްރީ ލަންކާއާއި މެލޭޝިޔާގައި ވޯޓުލުމަށެވެ. ބޭރު ޤައުމެއްގައި ވޯޓު ފޮށްޓެއް ބަހައްޓާނަމަ މަދުވެގެން އެ ޤައުމެއްގައި 150 މީހުން ރަޖިސްޓްރީ ކުރަން ޖެހެއެވެ.

އިޝްތިހާރު
އިޝްތިހާރު

އިލެކްޝަންސްގެ ނައިބު ރައީސް އިސްމާއިލް ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތުގައި ޖުމްލަ 13،378 މީހުން ފޯމް ހުށަހެޅި ކަމަށާއި އޭގެ ތެރެއިން ރީ-ރަޖިސްޓްރީ ކޮށްދީފައި ވަނީ 11،919 މީހުން ކަމަށެވެ. އަދި 1459 ހުށަހެޅުން ބަލައި ނުގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުޞަތު އިތުރު ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނަމަވެސް މަޖިލިސް އިންތިޚާބު ރަމަޟާން މަހަށްފަހު ބާއްވާނަމަ އިތުރު ފުރުސަތެއް ދޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ މާޗު މަހުގެ 17ގައެވެ. އެ ދުވަހަކީ ރަމަޟާން މަހުގެ ދުވަހަކާ ދިމާވާތީ އިންތިޚާބު ފަސް ކުރުމަށް އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް އިސްލާހެއް ވަނީ ހުށަހަޅައިފައެވެ. އެ އިސްލާހު މިހާރު ވަނީ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ވެސް ފޮނުވާފައެވެ. އެ އިޞްލާޙް ފާސްކޮށްފިނަމަ އިންތިޚާބު ބޭއްވޭނީ ރަމަޟާން މަސް ނިމި 10 ދުވަސް ފަހުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ