ހައްޖު ކޯޕަރޭޝަން ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަނީ

ޚަބަރު ފަހުގެ

ހައްޖު ކޯޕަރޭޝަން ނަމުގައި ގުޅައި އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާތީ އެކަމަށް ސަމާލުވާން އިލްތިމާސްކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މިއަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ އަމިއްލަ ފަރުދުންތަކެއްގެ އެކައުންތަކަކަށް ފައިސާ ޖަމާކުރުމަށް އެދި އެ ކޯޕަރޭޝަންގެ ނަމުގައި ކުރަމުންދާ ފޯން ކޯލުތަކަށް ސަމާލުވާން އެދޭ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ކޯޕަރޭޝަންގެ ހިދުމަތްތަކަށް ފައިސާ ދައްކާނީ “މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް”ގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކަށް ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

“އަމިއްލަ ފަރުދެއްގެ އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް މި ކޯޕަރޭޝަނުން ނާންގާނެ،” ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

މަކަރާ ހީލަތުން އެކައުންޓުގައި ހުންނަ ފައިސާ ވަގަށް ނަގާ މައްސަލަަ އިތުރުވަމުން އަންނައިރު، މިފަދަ ކަންކަމަށް ސަމާލުވާން ފުލުހުން ވަނީ މީގެކުރިން ވެސް އިލްތިމާސްކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ