އަތޮޅު ކައުންސިލެއްގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް އަންހެނަކު އިންތިޚާބުކޮށްފި

ފަހުގެ ސިޔާސީ

ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަތޮޅު ކައުންސިލެއްގެ ރައީސްގެ ގޮނޑި އަންހެނަކު ކާމިޔާބު ކުރައްވައިފިއެވެ.

މިހާތަނަށް ބޭއްވި ކައުންސިލް ހުރިހާ އިންތިޚާބެއްގައި އަތޮޅުތަކުގެ ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބު ކުރަމުން އައީ ފިރިހެނުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އިއްޔެ ބޭއްވި ފ.އަތޮޅު ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރެއްވި، ފ. ނިލަންދޫ ، ފޮނިލުބޯގެ ޙައްވާ ޢަބްދުލްޢަޒީޒެވެ.

ފ. އަތޮޅު ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައި އިލެކްޝަންގައި 1،881 މީހަކު ވޯޓުލާފައިވާއިރު ޙައްވާ ޢަބްދުލްޢަޒީޒް އެއިންތިޚާބު ކާމިޔާބު ކުރެއްވީ 941 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީން ކެންޑިޑޭޓް، އިބްރާހިމް ޚަލީލަށް ލިބިވަޑައިގެންނެވީ 888 ވޯޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ