އަލިރަސްގެފާނުގެ ޖިހާދުން ގޮވާލަނީ ދިވެހިން ދިވެހިންގެ ސަލާމަތް ހޯދުމަށް: ރައީސް

ޚަބަރު ފަހުގެ

ބޮޑުވަމުން އަންނަ ޖީލަށް މިވާހަކަތައް ކިޔައިދީ، ދަރީންގެ ކިބައިގައި މިސިފަތައް އަށަގަންނުވަންޖެހޭކަމަށެވެ.

ރައީސް ވިދާޅުވީ ހަމައެގޮތަށް، މިއަދުގެ ސަރުކާރުވެސް ވެގެންދަނީ ދިވެހިންގެ މިނިވަންކަމަށް އެހެން ބޭރުގެ ބާރަކުން ކުޅުމުގެ ފުރުޞަތު ނުދޭނެ ސަރުކާރަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމަށް ހުއްޓާނުލާ މަސައްކަތްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

” އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިސަރުކާރުން ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދާނަން. ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއްކަމުގައި ހަދާނަން. އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު އެބައެއްގެ އަތުގައި ނެތް ޤައުމުތައް އުޅޭ ޙާލު އަބަދާ އަބަދު އެބަ ފެނޭ. ފަލަސްޠީނަކީ އޭގެ މިސާލެއް. އެފަދަ ދުވަހެއް މި އަމާންކަމުގެ ސުވަރުގެއިން ދެކޭކަށް އަޅުގަނޑުމެން ނޭދެމު.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައިވަނީ ޤައުމަށް ތެދުވެރިވުމަށާއި، ދީނަށް ޙުރުމަތްތެރިކޮށް ހިތައި ދަޢުލަތަށް ވަފާތެރިވުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ