ފުނަދޫ ދާއިރާ އަށް އިލްހާމް ވާދަކުރައްވަނީ

ފަހުގެ ސިޔާސީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ށ. ފުނަދޫ ދާއިރާއަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި އިލްހާމު އަހްމަދު ވާދަކުރަން ނިންމައިފި އެވެ.

އިލްހާމް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ފުނަދޫ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ނިންމާފައިވާ ކަމަށާއި ދާއިރާގެ ރައްޔިތުންގެ ތާއީދަށް އިހުލާސްތެރިކަމާއެކު ދަންނަވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޑީޕީއާ ގުޅުމުގެ ކުރިން އިލްހާމް ހުންނެވީ ޖުމްހޫރީ ޕާޓީގަ އެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއިގެ މަގާމު އަދާކުރެއްވި އިލްހާމް ޖޭޕީ ދޫކޮށް އެމްޑީޕީއާ ގުޅުނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ތެރޭގަ އެވެ.

އިލްހާމް މީގެކުރިން ވަނީ މަޖިލީހުގެ ގެމަނަފުށީ ދާއިރާ އަދި ދަނގެތި ދާއިރާގެ ގޮނޑި ފުރުއްވާފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ