ފުލުހުން ބުނީ، ގުޅީފަޅު ކައިރީގައި ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިރޭ 7:34 ހާއިރު ފުލުހުންނަަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓް ހިނގީ ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓުގެ ލޯންޗަކާއި ފެރިދޫ ޓުއާސްގެ ‘ސެނޯރާ’ ނަމަކަށް ކިޔާ ލޯންޗު ޖެހިގެންނެވެ.
މި ހާދިސާގައި އަނިޔާވި 4 މީހަކު ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައެވެ. އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.