ޗައިނާ އަތުންވެސް ތަފާތު ބޮޑުކޮށް ރާއްޖެ ބަލިވެއްޖެ

ފަހުގެ ކުޅިވަރު

އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފިކޭޝަންގައި ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމުން ކުޅުނު ފަހު މެޗުގައި ޗައިނާ އަތުން 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޗައިނާއަށް ދެ ލަނޑު ކާމިޔާބުކުރެވުނުއިރު، އެ ޓީމުން އަނެއް ހަތް ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ފަހަރު ކޮލިފައިންގައި ރާއްޖެ ލައްވާލާފައިވަނީ ސަރަހައްދުގެ ނިސްބަތުން ވަރުގަދަ ޓީމުތައް ހިމެނޭ ގުރޫޕެއްގައެވެ. އެގޮތުން ގްރޫޕް ސީގައި ރާއްޖެ ހިމެނޭއިރު، އޭޝިއާ ސަރަހައްދުގެ ވަރުގަދަ ދެ ބާރު ޗައިނާ އާއި ދެކުނު ކޮރެއާގެ އިތުރުން މި ގުރޫޕުގައި ދެން ހިމެނެނީ ބޫޓާނާއި ބަހްރެއިންއެވެ.

މުބާރާތުގައި މިއަދު ކުޅުނު މެޗުން ތަފާތު ބޮޑުކޮށް ރާއްޖެ ބަލިވިއިރު، ކޮލިފައިންގައި ދެކުނު ކޮރެއާއިން ވަނީ 13-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖެ ބަލިކޮށްފައެވެ. އެކަމަކު އޭގެ ކުރިން ރާއްޖެއިން ކުޅުނު ދެ މެޗުގައި ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ރާއްޖެއިން ވަނީ 2-2 ގެ ނަތީޖާއަކުން ބޫޓާނާ އެއްވަރުކުރުގެ އިތުރުން، ބަހްރެއިން އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެެވެ.

މި ވަގުތު ތާވަލުގެ އެއްވަނައިގައި އޮތް ކޮރެއާ އާއި ދެވަނައިގައި އޮތް ޗައިނާއަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ބަހްރެއިނަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އަދި ހަތަރުވަނައިގައި އޮތް ބޫޓާނާއި ފަސްވަނައިގައި އޮތް ރާއްޖެއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ކޮލިފައިން ރޭވިފައިވާ ގޮތުން ކޮންމެ ގުރޫޕަކުން އެއްވަނަ ހޯދާ ގައުމެއް އޭޝިއަން ކަޕަށް ކޮލިފައިވާއިރު، ގުރޫޕުގެ ދެވަނައިގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ގައުމެއްވެސް މުބާރާތަށް ކޮލިފައިވާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ